އަލަށް އުފެއްދި މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޕެންޝަން ބޯޑުގެ މެންބަރު ޔާމީން އިދްރީސް ހަމަޖައްސައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސްއޫލިއްޔަތު އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މި ބޯޑު އެކުލަވާލާފައިވާއިރު، ޗެއާޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އިއްޒުއްދީން އަދްނާނެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ޔާމީނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ.
މި ބޯޑަށް އިތުރު ފަސް މެންބަރަކު ވަނީ އައްޔަނުކޮށްފައެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝުޖާއު އާއި މަރްޔަމް ނިހާޔަތާއި، އަބްދުﷲ އަލީގެ އިތުރުން މުހައްމަދު ހިލްމީ އެވެ.
ރައީސް މުހައްމަދު މުއިއްޒު އެ ކުންފުނި އުފެއްދެވީ މިދިޔަ މަހުގެ 12ވަނަ ދުވަހު އެވެ.
އީރާނަށް ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ގެއްލިއްޖެ: ރޫބިއޯ
ސައުދީގެ އެއާޕޯޓަށް ދިން ހަމަލާގައި ތިން މީހުން މަރުވެއްޖެ
ބޮލީވުޑްގެ ވެޓެރަން އެކްޓަރު ނާނާ ޕަޓޭކަރު މަރުވެއްޖެ
