ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި މިއަދު ހިންގި ހާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށާއި، ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ތިން މީހަކު ހިމެނެ އެވެ.
ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތާއި، އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000ރ. އަށް ބޮޑުކުރަން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ
