ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މަޖްލިސް މެމްބަރު އަހުމަދު އީސަ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް ރަހުމްކުޑަ އަނިޔާތަކެއްދީފައިވާ ކަން އެނގިއްޖެ އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސަ ކައިވެނި ބައްލަވައިގެން އުޅުއްވީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމްއާ އެވެ. އެ ދެ މީހުންގެ މިހާރު ދެ އަހަރުގެ ތުއްތު ފިރިހެން ބޭފުޅަކު ވެސް ހުރެ އެވެ.
މެމްބަރު އީސަ ދިރިއުޅުއްވާ ގޭގެ އަވަށްޓެރިއަކު "ހުރިހާ"އާ ވާހަކަދައްކަމުން މިއަދު ބުނީ އީސަ އަސްރާއަށް ކުރި އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗް ޑޮކްޓަރަށް ދައްކައި ލިބިފައިވާ ގެއްލުންތައް ބަލާފައިވާ ކަމަށެވެ.
"ދޮރު ލެއްޕުމުން ތާށިވެގެން އަސްރާގެ އިނގިއްޔަށް ވެސް ވަރަށް ބޮޑަށް އަނިޔާވި. އޭގެ އިތުރުން ވެސް އެތެރެ ހައްޓަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނޭ،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ އީސަ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުން ބަދަލުވުމަށް އަސްރާ ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ބަދަލުވާނެ ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އީސަ އުޅެނީ މިހާރު އެއީ ނުވާކަމަށް ހަދަން. މިހާރު ވަރަށް ރީތިކޮށް އަސްރާއާ ވާހަކަ ވެސް ދައްކަނީ،" އެ މީހާ ބުންޏެވެ. "ނަމަވެސް އަސްރާ އާއި އޭނަ ދަރިފުޅުގެ ސަލާމަތަށް މިހާރު އެތަނުގައި އުޅޭކަށް ބޭނުމެއް ނުވޭ."
މިކަމާ ބެހޭ ގޮތުން އީސަގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އީސައާ ބެހޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ތިވާނީ ޢިއްޒަތްތެރި ގެވެށި އަނޔީއަށް. ރރަނގަޅުވާނެ. ރޯޔަލް ރޭޕުވެސް ރަނގަޅެއްނު. އޯކޭ ވާނެ.