ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުފެއްދީސުރެ އެ ތަނުގައި މަސައްކަތްކުރައްވަމުން ގެންދެވި އަދި އެ އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.
ހިސާން އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. ޑިޒާސްޓާ މެނޭޖްމަންޓްގެ ދާއިރާގައި މެދުނުކެނޑި 22 އަހަރު ދުވަހުގެ ހިދުމަތްކުރައްވާފައިވާ ހިސާން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާރާ ހަމައަށް ފަސް ސަރުކާރެއްގައި ކާރިސާތައް މެނޭޖްކުރުމުގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.
އެ އޮތޯރިޓީގައި ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ހިސާން ވަނީ 2015 ވަނަ އަހަރު އުފެއްދި ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އުފެއްދި އެންޑީއެމްއޭގެ އިސް މަގާމުތަކުގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފަ އެވެ.
"ރަސްމާލެ މަޝްރޫއާ ހެދި އިސްލާމީ ސިޔާދަތަށް ނުރައްކާ ވެދާނެ"
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯނެއް!