މަޝްހޫރު ގިނަ ފަންނާނުންތަކަކާއެކު އަބޫދާބީގައި ބާއްވަން ހަމަ ޖެހިފައިވާ ޔުނިފައިޑް މިއުޒިކް ފެސްޓިވަލް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ރަސްމީކޮށް އިއުލާން ކޮށްދީފި އެވެ.
މި ހާއްސަ ފެސްޓިވަލަކީ ޝާހްރުކް ހާން އަމިއްލައަށް އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. މިއީ މެދު އިރުމައްޗާއި ބައިނަލްއަގްވާމީ މާކެޓުތަކުގައި ދެކުނު އޭޝިއާގެ މިއުޒިކީ ހުނަރުތައް ދައްކާލުމަށް ބާއްވާ އެއް ދުވަހުގެ ބޮޑު އިވެންޓެކެވެ.
މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު އަބޫދާބީގެ "އިއްތިހާދު ލައިވް"ގަ އެވެ.
މި ފެސްޓިވަލްގެ ފުރަތަމަ ބައިގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރިޖީތު ސިންގް، ސޯނޫ ނިގަމް އަދި ކަރަން އައުޖުލާ އެވެ.
މީގެ އިތުރުން ގާތގަނޑަކަށް 15 އަށްވުރެ ގިނަ ކާމިޔާބު އަދި މަޝްހޫރު ފަންނާނުން މި ފެސްޓިވަލްގައި އެކި ސްޓޭޖުތަކުގައި ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި އިވެންޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ އޭނާގެ މުޅި އުމުރު ހޭދަކުރީ ސްކްރީނުން ވާހަކަތައް ކިޔައިދީ އަދި އެކަންކަމުން މީހުން އެއްތަން ކުރުމަށް ކަމަށާއި، މިއުޒިކުގައިވެސް އެފަދަ ބޮޑު ބާރެއްވާ ކަމަށެވެ.
މި ފެސްޓިވަލްގެ މަގުސަދަކީ އިންޑިއާގެ އެންމެ މަތީ ފަންތީގެ މިއުޒީޝަނުން އެއް ޕްލެޓްފޯމަކަށް ނައުން ކަމަށް އޭނާ ފާހަގަކުރި އެވެ.
މި ފެސްޓިވަލްގެ ޓިކެޓް ވިއްކުން މި މަހުގެ 19ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އާންމުންނަށް ޓިކެޓް ގަންނަން ލިބޭނީ އޮކްޓޯބަރު 20 އިން ފެށިގެންނެވެ.
ޝާހްރުކް ޚާން އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ 2023 ވަނަ އަހަރު ނުކުތް "ޑަންކީ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ކިންގް" އިންނެވެ. މި ފިލްމުގައި އޭނާއާއެކު އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް މުހިންމު ރޯލަކުން ފެންނާނެ އެވެ.
އާންމު އުނދަގުލަކަށްވި މީހެއްގެ މައްސަލަ ނުބެލުމުން ހަޅުތާލަކަށް
ސައުދީއަށް ދޭ ހަމަލާތައް ހުއްޓުވަން މިސްރުގެ އެހީ ހޯދަނީ
އެކްސިޑެންޓްތަކުގެ އަދަދު 2,300 އިން މައްޗަށް