ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މީޑިއާ ޕާސަނާލިޓީ ރާކީ ސާވަންތުއާ ދެކޮޅަށް 2010 ވަނަ އަހަރު ހިނގާދިޔަ އަމިއްލައަށް މަރުވުމުގެ ހާދިސާއަކާ ގުޅިގެން އިންޑިއާގެ ކޯޓަކުން އޭނާ ހައްޔަރު ކުރުމުގެ ނޮން-ބެއިލަބަލް ވޮރަންޓެއް ނެރެފި އެވެ.
މި ވަރަންޓް ނެރެފައިވަނީ ކޯޓަށް ތަކުރާރުކޮށް ހާޒިރުވާން ރޭކާއަށް އެންގުމުންވެސް އޭނާ ހާޒިރު ވެފައި ނުވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު ރާކީ ހުށަހަޅައިދިން ޓީވީ ޝޯއެއް ކަމަށްވާ "ރާކީ ކާ އިންސާފް"ގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ފެންމަތި ވެފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ދައުވާކުރާ ފަރާތުން ބުނާގޮތުން، 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގެނެސްދިން އެ ޝޯގެ އެޕިސޯޑަކަށް ޕްރޭމް ނަގަރް ސަރަހައްދަށް ނިސްބަތްވާ ލަކްޝްމަން އަހިރްވަރު ކިޔާ މީހަކާއި އޭނާގެ އަންހެނުން އަނީތާ ވަނީ ގެނެސްފަ އެވެ. އެއީ ދެމަފިރިންގެ މެދުގައި އުފެދިފައިވާ އާއިލީ މައްސަލަތަކަކާ ގުޅިގެންނެވެ.
ޝޯގެ ތެރޭގައި ރާކީ ވަނީ ލަކްޝްމަންއާ މެދު ނުރުހުން ފާޅުކޮށް، ހުތުރު އަދި ދެރަކޮށްލާފަދަ ބަސްތަކެއް ބޭނުން ކޮށްފައެވެ. ލަކްޝްމަންގެ މަންމަ ސާވިތުރީ ފުލުހަށް ހުށަހެޅި ބަޔާނުގައިވާ ގޮތުން، ޝޯއަށްފަހު މުޖުތަމައުގެ ފަރާތުން ލިބުނު ނުރުހުމާއި ލަދުވެތިކަމުގެ ސަބަބުން ލަކްޝްމަންއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށް، އެ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އަމިއްލައަށް މަރުވެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ލަކްޝްމަންގެ މަންމަ ވަނީ ރާކީއާއި ޝޯއާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާފަ އެވެ. އޭގެ ފަހުން ފުލުހުން އެ ފަރާތްތަކަށް ތަފާތު ތިން ދައުވާއެއް ކޮށްފަ އެވެ.
ކޯޓުން މިހާރު ވަނީ މި މައްސަލައިގެ ދެން އޮންނާނެ އަޑުއެހުން އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް ތާވަލު ކޮށްފަ އެވެ.
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވާން އެދިއްޖެ
ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާ ރޭޓްތަކަށް ބަދަލެއް
ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި