އިނގިރޭސި ލީގު ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗް ލިވަޕޫލް ބަލިކޮށް އާސެނަލް ކާމިޔާބުކުރީ މެޗްގެ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވެ ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެންނެވެ.

މެޗްގެ ފުރިހަމަ ވަގުތުގައި ނަތީޖާ އެއްވަރުވީ އެކެއް އެކަކުންނެވެ. މެޗްގެ 12ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގެ ބޭނުންހިފާ ފުރަތަމަ ލީޑްނެގީ އާސެނަލްއެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފޯވަޑް އަބުމަޔަންގްއެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއަކީ 73 ވަނަ މިނެޓްގައި ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކުރުމެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖަޕާން ކުޅުންތެރިޔާ ޓަކޫމީއެވެ.

ޕެނަލްޓީގައި އާސެނަލް ކުރިހޯދީ 5 ލަނޑު 4 ލަނޑުންނެވެ. އާސެނަލްއިން ޖެހި 5 ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް ލިވަޕޫލުންޖެހި 5 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ ފޮނުވާލި ޕެނަލްޓީއެވެ. ރިއާން ފޮނުވާލި ޕެނަލްޓީ އަމާޒްވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މީ ކޮމިއުނީޓީ ޝީލްޑް އާސެނަލްއިން ކާމިޔާބްކުރި 16 ވަނަ ފަހަރެވެ.