އަތޮޅުތެރޭގައި ކޮވިޑް-19ގެ ހާލަތު ބެލުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުން އިސް ފަރާތެއް ކަނޑައަޅުއްވައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ މިނިސްޓަރު ހިމެނޭ ގޮތަށް ވަނީ ޓާކްސް ފޯސެއް ރައީސް އެކުލަވާލައްވާ ފައެވެ.
ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރަން ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައަޅުއްވާގޮތަށް ރައީސް ސޯލިހް ހަމަޖައްސަވައިފި ކަމަށެވެ.
އެގޮތުން ކޮންމެ އަތޮޅަކަށް ކަނޑައަޅުވާފައިވާ ހާއްސަ ބޭފުޅަކީ ސްޓޭޓް މިނިސްޓަރު ނުވަތަ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ކައުންސިލްތަކާއި، ޓާސްކްފޯސްތަކާއި ގުޅިގެން އެއަތޮޅެއްގައެއި ކޮވިޑް-19 ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި، ދަތިތައް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާ އަދި އެކަން ހިނގާ ނުހިނގާ ގޮތް މޮނިޓާ ކުރުމަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ގިނަ ރަށްތަކެއް މޮނިޓަރިން ހާލަތަށް ގެނެވިފައިވާއިރު، އެޗްއީއޯސީން އަންނަނީ އެ ރަށްތައް ހިމެނޭ ގޮތަށް އަތޮޅުތެރޭގެ ކޮވިޑްގެ ހާލަތު ގޯސްވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ހަރުދަނާކުރުމަށް ހުރިކަންކަމާއި ގުޅޭގޮތުން ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
މި ބައްދަލުވުންތަކުގައި ރަށު ޓާސްކް ފޯހުން އެ ރަށެއްގައި ކަންކަން ބެލެހެއްޓުމަށް ދިމާވާ ދަތިތައް އެޗްއޯސީން އޮޅުން ފިލުވައި، ކައުންސިލްތަކުގެ ބައިވެރިވުމާއެކު ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރެ އެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިމަހު އެވެ.
ކޮލަރާގެ ދުވަސްވަރު ދެތިން ފިބާއަކާއި ޕިން ފޮށްޓަކާއި ވޯކީޓޯކީ އަކާއި ރޭޑިޔޯ ސެޓަކާ ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިތަޢުލީމީ ޓެކުނޮލޮޖީގެ ދުވަހު ނުކުރެވުނު.އެދުވަހު ވަޅު ތަކަށް ބޭސް އަޅާ ބަލިމީހުންނަށް ބޭސްދީ ޖޫސް ދެންޏާ ޖޫސްދީ ގަޑިން ގަޑިއަށް ބަރާބަރަށް ރައީސަށް ރިޕޯޓު ދެވުނު. ނައީމު އަތުގަ އެއްޑިގުރީއެއްނެތް
ފުރަތަމަ ދުވަހުން ފެށިގެން ކުރަންޖެހޭ ކަމެއްތީ. ވާނުވާ އެގެނީ 2 އަހަރުފަހުން. ވ. ސަލާމް.