ދެހާސް ނަވާރަ ވަނަ އަހަރު ރިލީސް ކުރި އެކްޝަން ތްރިލާ ފިލްމް "ސާހޯ" ގެ އެކްޓްރެސް އެވެލީ ޝަރުމާ ކައިވެނިކޮށްފި އެވެ.

ކާމިޔާބު ފިލްމު ސާހޯގެ އެކްޓުރެސް އެވެލީން ޝަރުމާ ކައިވެނި ކުރީ ވެސް މޭ 15 ވަނަ ދުވަހު ބޭއްވި ކުޑަ ހަފްލާއެއްގައި އޮސްޓުރޭލިއާގަ އެވެ.

ކުލަގަދަކޮށް ބޮޑެތި ކައިވެނި ހަފްލާތައް ބޭއްވުމުގެ ބަދަލްގާ ކޮވިޑް-19ގެ ސަބަބުން ކުދި ކައިވެނިތައް ދަނީ އިތުރުވަމުންނެވެ. އެވެލީން ކައިވެނިކޮށްފައި ވަނީ ގިނަ ދުވަހެއް ވަންދެން ރައްޓެހިވެގެން އުޅުނު އޭނާގެ ލޯބިވެރިއާ ޑެންޓަލް ސާޖައަން ޑރ. ތުޝާން އާ އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު އެންގޭޖްވިއިރު ކުލަގަދަ ބޮޑު ކައިވެނި ހަފްލާއެއް ބާއްވަން ނިންމާފައިވީ ނަމަވެސް ކޮވިޑްގެ މިބަލިމަޑު ކަމުގެ ސަބަބުން އެކަން ފަސްކުރަން ޖެހުނީ ކަމަށް ތުޝާން ވަނީ ބުނެފަ އެވެ.

މިކަހަލަ ދަނޑި ވަޅެއްގައި މިގޮތައް ކުޑަ ޕުރައިވެޓް ހަފްލާއަކުން ނިންމާލި ކަމަށް ވިިޔަސް އަދި އާއިލާއާ ރައްޓެހިންގެ ބައަވެރިވުމާ އެކު ބޮޑު ކުލަގަދަ ހަފްލާއެއް ބާއްވާނެކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

ސާހޯ އަކީ އިންޑިއާގެ ބޮކްސް އޮފީހުގެ ވިޔަފާރި އެންމެ ރަނގަޅު 20 ފިލްމުކެވެ. މިފިލްމުގައި ލީޑް ރޯލް އިން ފެނިގެންދަނީ "ޝައްދާ ކަޕޫރް" ގެ އިތުރުން "ޕުރަބާސް" އެވެ.