ޕަންޖާބުގެ މަޝްހޫރު ލަވަކިއުން ތެރިއެއް ކަމައްވާ ޖަސްވިންދަރު ސިންގް (ޖާޒީބީ)ގެ ޓުވިޓާ އެކައުންޓް އިންޑިއާގެ އެދުމުގެ މަތިން ބްލޮކް ކޮށްފި އެވެ.

ޓުވިޓާއިން ވަނީ ޖަޒީބީއާ އެކު އިތުރު ހަތަރު އެކައުންޓެއް އިންޑިއާގައި ބޭނުންނުކުރެވޭ ގޮތަށް ހަދައިފަ އެވެ. ޓުވިޓާއިން މިގޮތައް ހަދާފައިވަނީ އިންޑިއާގެ ކޯޓުން އޭނާގެ ޓްވިޓާ އެކައުންޓް ބްލޮކް ކުރުމަށް އަމުރެއް ޓްވިޓާއަށް ފޮނުވުމުންނެވެ.

ޖަޒީބީ އަކީ ޝޯޝަލް މީޑިއާގައި އިންޑިއާގެ ދަނޑުވެރިންގެ ދިފާއުގައި އަޑުއުފުލާ ތަރިއެކެވެ.

ޓުވިޓާ އެކައުންޓް ބްލޮކް ކުރިޔަސް އަބަދުވެސް އޭނާގެ މީހުންގެ ހައްގުގައި ތެދުވާނެ ކަމަށް ޖާޒީބީ ބުންޏެވެ.

ޓުވިޓާއިން ޖަސްވިންދަރުގެ ޓުވިޓާ އެކައުންޓް ބްލޮކް ކޮށްކުރިއިރު، އިންޑިއާއިން ވަނީ އެ ގައުމުގައި ޓުވިޓާ ބޭނުންނުކުރެވޭ ގޮތަަށް ހަދާނެ ކަމުގެ އިންޒާރުދީފަ އެވެ. އެއީ އެ ގައުމުގަައި އެކި ސަރަހައްދުތަކުގައި ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާތައް ޓުވިޓާ މެދުވެރިކޮށް އާންމުކުރާތީ އެވެ.

ޖަޒީބީއަކީ މަޝްހޫރު ލަވަ ޖިނެމެރަ ދިލް ލުޓިއާ ކިޔާފައިވާ ލަވަކިއުންތެރިޔާ އެވެ.