ދޮޅު އަހަރަށް ފަހު ތާޕްސީ ޕަންނޫގެ އާ ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ތާޕްސީ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ރަޝްމީ ރޮކެޓް" އަށެވެ. މި ފިލްމުގައި ތާޕްސީ ފެނިގެންދާނީ ބައިނަލްއަގްވާމީ އެތުލެޓިކްސް މުބާރާތެއް ކާމިޔާބުކުރުމުގެ ހުވަފެން ދެކެމުންދާ މީހެއްގެ ބައިންނެވެ.

މި ފިލްމުގެ ރޯލް ކުޅެން ތާޕްސީ ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ހަށިގަނޑަށް ގެނެސްފަ އެވެ. އެގޮތުން އޭނާ ދަނީ މި ރޯލްއަށް ފިޓްވުމަށް ތަމްރީންތަކެއް ހަދަމުންނެވެ.

މިފިލްމުގައި ތާޕްސީގެ އިތުރުން އަބީޝެކް ބެނެރްޖީ، ސުޕުރިއާ ޕަތަކް، ފެނިގެންދާ މިފިލްމު އެޅުވުމަށް ހަމަޖެހިފަައިވަނީ އަންނަ ސެޕްޓެމްބަރު މަހު ތެރޭގަ އެވެ. ރަޝްމީ ރޮކެޓަކީ ކުޅިވަރު ޑްރާމާތަކެއް ފެނިގެންދާނެ ފިލްމެކެވެ.

މިއަހަރުގެ ޖުލައި ދެވަނަ ދުވަހު ތާޕްސީގެ އިތުރު ފިލްމެއް ވަނީ ނެރުމަށް ހަމަޖެހިފަަ އެވެ. އެގޮތުން ނެޓްފްލިކްސްގައި އެޅުމަށް ހަމަޖެހިފައިވަނީ ގޮތް ނޭނގޭ މަރުގެ ޑްރާމާތަކެއް ފެނިގެންދާ "ހަސީން ދިލްރުބާ" އެވެ. ތާޕްސީއާއެކު މިފިލްމުއިން ވިކްރާންތު މަސްއީ އާއި ހަޝްވަރުދަން ރާނޭ ވެސް ފެނިގެންދާނެ އެވެ.

ފިލްމު ހަސީން ދިލްރުބާގެ ޕޯސްޓަރެއް

ވިނިލް މެތިއު ޑައިރެކްޓްކުރާ މި ފިލްމުން ތާޕްސީ ފެނިގެންދާނީ ފިރިމީހާގެ މަރުގެ އިލްޒާމް ބޮލުގައި އެޅިފައިވާ އަންބެއްގެ ރޯލުންނެވެ.

"ހަސީން ދިލްރުބާ"ގެ ޓްރެއިލާ ހުކުރު ދުވަހު އާންމުކުރުމުގެ ކުރިން މިދިޔަ މަހުގެ ފަހުކޮޅު އޭގެ ޓީޒާ ދައްކައިލުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

"ހަސީން ދިލްރުބާ" އަކީ ހިންދީ ސިނަމާ އިން ކުރިން ފެނިފައި ނުވާ ކަހަލަ އާ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.