ދިޝާ ޕަޓާނީގެ އުފަންދުވަސް ވަރަށް ތަފާތު ގޮތަކަށް އޭނާގެ ސަޕޯޓަރުން ފާހަގަކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޝާ ޕަޓާނީގެ 28 ވަނަ އުފަން ދުވަހެވެ. ދިޝާގެ އުފަންދުވަސް ތަފާތު ގޮތަކަށް އޭނާގެ ސަޕޯޓަރުން މިވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ދިޝާ ޕަޓާނީގެ ސަޕޯޓަރުން ވަނީ އިންޑިއާގެ ކުޑަކުދިންގެ ހިޔާއަކާ ގުޅިގެން އެތަނުގެ ކުދީންނާއެކީ ދިޝާގެ ނަމުގައި ކޭކެއް ފަޅައި، ޖޫހާއި ކާބޯތަކެތި ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން އެ މީހުން ވަނީ ޖަނަވާރުންނަށް ވެސް ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.

މިކަން ހިމެނިފައިވަނީ މަޝްހޫރު ފަންނާނެއްގެ އުފަންދުވަސް ސަޕޯޓަރުންތަކެއް ފާހަގަކުރުމަށް ކުރި ވަރަށް ހާއްސަ ކަމެއްގެ ގޮތުގަ އެވެ.

ދިޝާ އެންމެފަހުން ފެނިގެން ފައިވަނީ ޕްރަބޫ ދޭވާ ޑައިރެކްޓްކޮށް، މިދިޔަ މެއި މަހު ނެރުނު ހިންދީ ފިލްމު "ރާދޭ" އިންނެވެ. އެންމެ އަވަހަށް ދިޝާގެ ދެން އަންނަން އޮތް ފިލްމަކީ "އެކް ވިލެއިން 2" އެވެ.