ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ތާވަލްކޮށްފައި ވަނީ ހޯމަ ދުވަހުގެ 11:00 ގައި ޝަރީއަތް ފެށުމަށެވެ.
އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އީސަގެ އަވަށްޓެރިއެކެވެ. އެ މައްސަލާގައި ތަހުގީގަށް ބަޔާން ދެއްވުމަށްފަހު އަސްރާ ވަނީ އޭނަގެ އުދާސްތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފަ އެވެ.
އެ މައްސަލައާ ގުޅިގެން އީސަ ހައްޔަރުކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކުދިކުދި ކަންކަމަށް އިހުމާލު ވުމަކީ ނުރައްކާ ކަމެއް!
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!

ކުށެއް ސާބިތުވެދާނެ ހެނެއް ހިއެއްނުވޭ. އެކަމަކު އަނިޔާކުރިކަން އެންމެނަށްވެސް އެބައެނގޭ.
ޢީސަގެ އުންސުރު ހަމައެއް ނުވާނެ.