އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން ފޮނުވި މައްސަލަ އަބުރާ އޭސީސީއަށް ފޮނުވާލުވުން މިނިސްޓަރު އަހުމަދު މަހުލޫފް އޭސީސީއަށް ފާޑުވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ލިޔުންތައް މަދު ކަމަށްބުނެ ޕީޖީ އޮފީހުން ވަނީ އެމައްސަލަ އަބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ.
މިކަމާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ އޭސީސީގެ ރައީސް ސިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށެވެ. އެމައްސަލަ ޕީޖީ އޮފީހަށް ފޮނުއްވި އިރު ބަޔާނެއް ނެރެފައިވާތީ އެކަމަށް އިސާރަތް ކުރައްވާ މަހްލޫފް ވިދާޅުވީ އޭރި ބޮޑު ބަޔާނެއް ނެރެފައި އަނބުރާ ފޮނުއްވާލީމާ ހަނު ތިބި ކަމަށެވެ.
އަދި ޤާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށް އެއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމުން އެ މައްސަލަ ޕީޖީ އިން އަނބުރާ ފޮނުވާނުލާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އޭސީސީއަށް ޕީޖީ އޮފީހުން އެނގީ އިތުރު ލިޔުންތަކެއް ހުށައެޅުމަށް ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.
މީގެ ކުރިން މީޑިއާގައި ލިޔެފައިވާ ހަބަރެއް ޓްވީޓް ކުރަމުން މަހްލޫފް ވިދާޅުވީ މިނިސްޓަރު ކަމުން އެކަހެރި ކުރުމުން ގޭގައި ރޯ އޮންނަށް ނުޖެހޭނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ އޮންލައިން ނޫހެން ކަމަށްވާ ސީއެންއެމްއިން މިނިސްޓަރު މަހްލޫފު މިނިސްޓަރު ކަމުން އެކަހެރިކުރިން ނުފެންނަ ކަމަށެވެ. މިނިސްޓަރު މަހްލޫފު އުޅުއްވަނީ މަޖާ ކުރުމުގައި ރާއްޖެއިން ބޭރުގައި ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					
ޤާބިލު ބަޔަކު ސަރުކާރަށް އައިސް ސީދާ ގަޅާލާނީ ޖަލަށް އިންތިޒާރުކުރޭ