ރައީސް އިބްރާހިމް މުހައްމަދު ސޯލހުގެ ކޮއްކޯފުޅު އަހުމަދު މުޙައްމަދު ސޯލިހު އަވަހާރަވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަހަމަދު އަވަހާރަވީއިރު ހުންނެވީ ކެންސަރު ބައްޔަށް ފަރުވާ ހޯދެއްވުމަށް ދުބާއީގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ހިމެނޭއިރު އަނެއް ތިން ބޭފުޅުންނަކީ ހާފިޒުން، ގާރީންނެވެ.
އަހްމަދު ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެއްވުނީ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ސޯލިހްގެ ކޮއްކޯފުޅު އަވަހާރަވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ
"ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެދާނެ"
ނޭޕާލް އާރާސްތުކުރަން 5 ބިލިއަން ޑޮލަރު ބޭނުންވާ
ލާފައި ހުރި "ބޮޑު ބަނޑުން" ސިއްހަތާ ބެހޭ އެތައް ވާހަކައެއް!
