ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓުތައް ބެހުމަށް ނަގާ ގުރުއަތުލުން މިއަދު އަލުން ފެށުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މިހާރު ގުރުއަތު ނުނަގާ ހުރި ފްލެޓްތަކުގެ ގުރުއަތު އޮންނާނެ ކަމަށެވެ. ކޮވިޑް-19 ގެ ހަލަތާ ގުޅިގެން މެދުކަނޑާލި ގުރުއަތުލުން ފެށުމަށް ހަމަޖެހިފައިވާއިރު މިގުރުއަތުލުމުގައި ވީހާވެސް މަދު ބަޔަކު އަމަލީ ގޮތުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ގުރުއަތު ނަގާނީ އެ ކެޓަގަރީއަކުން ފްލެޓް ލިބިފައިވާ މީހުންގެ އައިޑީކާޑް ނަމްބަރުގެ ތަރުތީބުން ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
މިއަދު ގުރުއަތުލުން މެންދުރު 1:00 ގައި ފަށާއިރު ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ލިސްޓް އެޗްޑީސީން ވަނީ އާންމުކޮށްފަ އެވެ. އަދި ގުރުއަތު ނެގޭ ފްލެޓްގެ މައުލޫމާތު ވެރިފަރާތައް އެސްއެމްއެސްއަކުން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހު ފެށިގެން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					