ވިހި އަހަރުގެ ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އަބޫބަކުރު އިބްރާހީމް 20އ. އެވެ.
މި ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެގެން ރިޕޯޓް ކުރުމުން އޭނާ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
އަބޫބަކުރުގެ ޚަބަރެއް އެންމެ ފަހުންވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ވީމާ، އަބޫބަކުރު އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެ އެވެ.
ސަލްމާންގެ "މާތުރުބޫމީ": "ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް"
ކަރަންގެ އިންސްޓަގްރާމުން ޝާހުއާއި އާލިއާ އަންފޮލޯ ކުރީ ކީއްވެ؟
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!
