ދިވެހި ޓީޗަރުންނަށް ވެސް ބިދޭސީ ޓީޗަރުންނަށް ދޭ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ވެސް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ އިންޑިއާއިން ގުރުއާން ކިޔަވައިދިނުމަށް ޓީޗަރުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ޓީޗަރުން ނުލިބޭތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
އަލީ ހުސައިން ވިދާޅުވީ ބިދޭސީ ޓީޗަރުންނަށްދޭ ހުރިހާ އިނާޔަތްތަކެއް ދިވެހި ޓީޗަރުންނަށް ދޭނަމަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދިވެހި ޓީޗަރުން ލިބޭނެ ކަމަށެވެ. ވަކި ގައުމަކަށް ވީމާ ވަކި ގޮތަކަށް އަމަލުކުރާ ނަމަ އެ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ކެރެލާއިން ފަސް އަރަބި ޓީޗަރުންނާއި ގުރުއާން ޓީޗަރުން ގެނެސް ނުވަ ސްކޫލްއެއްގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ.
ގުރުއާނާއި އަރަބި މާއްދާ ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ އެމްބަސީތަކުގެ އެހީތެރިކަމަށް އެދުމުން އިންޑިއާ އެމްބަސީގެ އެހީތެރިކަމާއެކު ޓީޗަރުން ރެކްރޫޓްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މި ޓީޗަރުންނަކީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން އިންޑިޔާގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން،" މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ދިވެހި ޓީޗަރުން ނުލިބުމުން އެ މާއްދާތަކަށް ބިދޭސީ ޓީޗަރުން ހޯދަން ނިންމީ ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން ކަމަށެވެ.
 ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
			ބްރެޒިލްގައި ޑްރަގް ގޭންގެއްގެ ގިނަ ބަޔަކު މަރާލައިފި
		 އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
			އެވޯޑް ގަތީ ކަމަށް ތުހުމަތު ކުރުމުން އަބީޝޭކް ބުނީ ކީކޭ؟
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
އެކަނބަލުންގެ ޕާޓީ ކުދިން ރުއްސުމަށްފައި ދޭތީ ކުރަން ޖެހޭ ކަމަކީ ދިވެހި ކުދިން ނުހޯދަނީ. އިންޑިއާ ކުދިން ގެންނަނީ؟ނުބޭތީނު