މިހާރު އިންޑިއާގައި ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާއިރު، ގިނަ އަދަދެއްގެ ފިލްމީ ތަރިން އަންނަނީ ފިލްމްތަކުގެ މަސައްކަތްތައް ފަށަމުންނެވެ. އެގޮތުން ކްރީތީ ސަނޯން ވެސް މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ގަންޕަތް"އަށް ތައްޔާރުވާން ޓްރެއިނިންތައް ފަށައިފަ އެވެ.

ކްރީތީ މި ފިލްމަށް ތައްޔާރުވުމަށް ޓްރެއިނިންތައް ފެށީ މި ފިލްމަކީ ކްރީތީގެ ފުރަތަމަ އެކްޝަން ފިލްމަށް ވާތީ އެވެ. "ގަންޕަތް"ގައި ކްރީތީއާއެކު ލީޑްރޯލް އިން ފެނިގެން ދަނީ ޓައިގަ ޝްރޯފް އެވެ.

މި ފިލްމަކީ ކްރީތީގެ ފުރަތަމަ އެކްޝަން ފިލްމަށް ވާއިރު އެކްޝަން ފިލްމްތަކަކީ ޓައިގަ ޝްރޯފްއާ ވަރަށް ރައްޓެހި ފިލްމްތަކެކެވެ. ފިލްމްގެ ޕްރޮޑިއުސަރުން ވަނީ މިހާތަނަށް ކްރީތީ އަދި ޓައިގާގެ މި ފިލްމުގއ ފަސްޓް ލުކް އާންމުންނަށް ދައްކާލާފަ އެވެ.

https://www.youtube.com/watch?v=oeYVvK5rDhA

"ގަންޕަތް" ގެ އިތުރުން ކްރީތީގެ ކުރިޔަށް ހުރި ފިލްމްތަކުގެ ތެރޭގައި، "އާދިޕުރުޝް" އާއި ވަރުން ދަވަން އާއެކު ފެނިގެންދާނެ "ބޭދިޔާ" އަކްޝޭ ކުމާރު އާއެކު ފެނިގެންދާނެ "ބައްޗަން ޕާންޑޭ" އަދި ރާޖްކުމާރް ރާއޯ އާއެކު ފެނިގެންދާނެ "ހަމް ދޯ ހަމާރޭ ދޯ" ހިމެނެ އެވެ.