ކޮވިޑް -19 ގެ ހާލަތު އަރައިގަތުމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބަޗަންގެ އެތައް ކްރޯޑު ރުޕީސްގެ އެހީއެއް ސިވިކް ހޮސްޕިޓަލްއަށް ފޯރުކޮށްދީފި އެވެ.

ކޮވިޑްގެ މި ބަލިމަޑުކަން ފެތުރެން ފެށީއްސުރެ ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އަންނަނީ އެކި ގޮތްގޮތުން ބޭނުންވާ އެހީތައް ފޯރުކޮށް ދެމުންނެވެ. އަމީތާބު ބަޗަންއަކީ ވެސް މީގެ ކުރިން އެތައް ހިލޭއެހީއެއް ފޯރުކޮށް ދީފައިވާ ތަރިއަކަށްވާއިރު، މިފަހަރު އޭނާ ވަނީ އިންޑިއާގެ ހޮސްޕިޓަލްއަކަށް ބޮޑު އެހީއެއް ވެދީފަ އެވެ.

ރިޕޯޓްއެއްގައި ވާގޮތުގައި އަމީތާބު ވަނީ އިންޑިއާގެ ހޮސްޕިޓަލްއެއް ކަމަށްވާ ލޮކްމާންޔާ ތިލަކް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލްއަށް ދެ ހައިޓެޗް ވެންޓިލޭޓަރާއި އިތުރު ސިއްހީ ދާއިރާގައި ބޭނުންކުރާ ސާމާނު ފޯރުކޮށްދީފަ އެވެ.

މި އެއްޗެހީގެ އަގު1.75 ކްރޯޑަށް އަރާއިރު މީގެ ތެރޭގައި މޮނީޓާ، ވެންޓިލޭޓާ އާއި އިންފިއުޒާ ޕަންޕު ހިމެނެ އެވެ.