ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން 2019 ވަނަ އަހަރު ރިލީސްކުރި ކާމިޔާބު ފިލްމު "މާމުއި" ދެވަނަ ފަހަރަށް ބަލާލުމުގެ ފުރުސަތު މިހާރު މިވަނީ ބެލުންތެރިންނަށް ލިބިފަ އެވެ.

އެގޮތުން ބޮޑުއީދާ ދިމާކޮށް ޑާކް ރެއިން އެންޓަޓެއިންމެންޓުން މިފިލްމު މީޑިއާނެޓްގެ މަލްޓި ސްކްރީނަށް ގެނުމަށް ވަނީ ނިންމާފަ އެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ ކޮމެޑީ ފިލްމު "މާމުއި"އަކީ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އެޗްއާރްސީއެމްގެ ކުރީގެ ނައިބްރައީސް އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިޥާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "މާމުއި" މަލްޓި ސްކްރީނުގައި ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.

https://www.facebook.com/darkrainentertainment/photos/a.3320171744729124/4141381772608113/

މިފިލްމުގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އިސްމާއީލް (ޖުމާ) ޖުމައިހް، ނުޒުހަތު (ނުޒޫ) ޝުއައިބް، އަބްދުﷲ (ފުބޫ) ޝާފިއު، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް އަދި އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު ހިމެނެ އެވެ.

ދިވެހި ސިނަމާއަށް ލޯބިކުރާ މީހުން މިހާރު އެންމެ ބޮޑަށް އިތުބާރުކުރާ ޑާކް ރެއިނުން "މާމުއި" މިއީ ދެ ވަނަ ފަރަށް ބަލާލުމަށް ލިބޭނެ ރަނުގެ ފުރުސަތަކެވެ.

މީޑިއާ ނެޓްގެ މަލްޓި ސްކްރީންގައި މިހާރު ވެސް އެންމެ ގިނަ އުފެއްދުތަކަށް ހުރީ ޑާކް ރެއިންގެ އުފެއްދުތައް ކަން ފާހަގަކޮށްލެވެ އެވެ.