ބޮލީވުޑްގެ ޕަވާ ކަޕަލް ރިޗާ ޗައްޑާ އާ އަލީ ފަޒަލް މިދިޔަ އަހަރުގެ ކުރީކޮޅު ކައިވެނިކުރުމަށް ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ސަބަބުން އެ މީހުންގެ ކައިވެނި ވަނީ ފަސްކޮށްފަ އެވެ. ނަމަވެސް ރިޗާ ދާދި ފަހުންދިން އިންޓަވިއުއެއްގައި ވަނީ ކައިވެންޏަަށް ވަމުން އަންނަ ތައްޔާރީތަކާއި ކައިވެނި ކުރެވޭނެ ތާރީހެއް އިއުލާން ކޮށްފަ އެވެ.

ރިޗާ ދިން އިންޓަވިއުގައި އޭނާ ބުނެފައި ވަނީ މި ކަހަލަ ބޮޑު ކަމެއްކުރާއިރު، އެންމެންގެ ބައިވެރިވުން މުހިއްމު ކަމަށާއި އެ މީހުން ހިތްހަމަޖެހިގެން އުފާ ކުރެވޭ ފަދަ މާހައުލެއްގައި ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ.

ރިޗާ އެ އިންޓަވިއުގައި އިތުރަށް ބުނީ މި ކަމަކީ ދެ ފަރާތުގެ އާއިލާއާއި ގާތްތިމާގެ ގިނަ ބަޔަކު ބައިވާނެކަމަށްވެފައި މި ކަހަލަ ނާޒުކު ދަނޑިވަޅެއްގައި ބޮޑުކޮށް ކުލަގަދަ ހަފްލާއެއް ބާއްވަން ބޭނުންނުވާ ކަމަށެވެ. އުއްމީދުކުރާ ގޮތުގައި މި އަހަރު ފަހުކޮޅު ކޮވިޑްގެ ކަންތައް ހަމައަކަށް އެޅިގެން ދިއުމުން ކައިވެނިކުރެވޭނެ ކަމަށް މި އިންޓަވިއުގައި އޭނާ ފާހަގަކުރި އެވެ.

ރިޗާ މަގުބޫލުކަން ހޯދާފައި ވަނީ ފުކްރޭގެ ސީރީޒްތަކުން ކަމަށްވާއިރު، އޭގައި އަލީ ވެސް ރިޗާއާ އެކީ މަސައްކަތް ކޮށްފައިވެ އެވެ.

ރިޗާގެ މިދާއިރާއަށް ތައާރަފްވީ ފިލްމު އޮއެ ލަކީ!ލަކީ އޮއެ! އިން 2008 ވަަނަ އަހަރު އެވެ. ގޭންގްސް އޮފް ވަސޭޕޫރު އިން ރިޗާއަށް ވަނީ ފިލްމު ފެއާ އެވޯޑު ލިބިފަ އެވެ.