ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ހަވީރު 4:00 ގައި ރައީސް ސޯލިހް ނޫސްވެރިނާ ބައްދަލުކުރައްވާނެ ކަމަށެވެ. މިބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރު ނަޝީމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން މިމަހުގެ އަށް ވަނަ ދުވަހު ވެސް ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވާއިރު، ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަދި މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ނަންބަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ.
އެންޖެލީނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ސްކްރީނަށް ގެންނަނީ!
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟
ޕެޓިޝަނުގައި މުވައްޒަފުން ސޮއިކުރަން މަޖުބޫރުކުރުވަނީ
