ގާހިރާ (06 ޖުލައި) - މިދިޔަ މާޗް މަހު މިސްރުގެ ސުއޭޒް ކެނަލްގައި ތާށިވި އެމްވީ އެވާގްރީން ނަމަކަށް ކިޔާ ބޯޓު މިސްރުގައި ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ބޯޓް ދޫކޮށްލުމަށް މިސްރުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

އެ ބޯޓުގެ ވެރިންނާއި އިންޝުއަރެންސް ކުންފުނިން ވަނީ އާދީއްތަ ދުވަހު މިސްރުގެ ސުއޭޒް ކެނަލް އޮތޯރިޓީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ކެނަލްގައި ބޯޓް ތާށިވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ އިދާރާއަށް ދެވޭނެ ކަމަށް ބުނެފަ އެވެ.

މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން އެވާގްރީން މިސްރުގައި ހިފަހައްޓާފައި ވަނީ އެ ބޯޓުގެ އިންޝުއަރެންސް ކުންފުންޏާއި ބަލަދުވެރި ކުންފުނިން ސުއޭޒް ކެނަލް އޮތޯރިޓީއަށް ދޭންޖެހޭ ބަދަލު ދައްކަން ދެނެވެ

ބޯޓުގެ އިންޝުއަރެންސް ކުންފުނީގެ ވަކީލު ބުނިގޮތުގައި ބޯޓު ދޫކޮށްލަން ނިންމާފައިވާ ނިންމުން އެ ކުންފުންޏަށް އަންގާފައިވާ ކަމަށާއި އެ ނިންމުމާ މެދު އުފާކުރާ ކަމަނެވެ.

ސުއޭޒް ކެނަލްގެ އޮތޯރިޓީން ބުނީ ބުދަ ދުވަހު ބޯޓު ދޫކޮށްލެވޭނެ ކަމަށާއި އެކަމުގެ މުނާސަބަތުގައި ހަފްލާއެއް ބޭއްވިގެން ދާނެ ކަމަށެވެ.

ސްއޭޒް ކެނަލްގައި ތާށިވި އެވާގްރީންއަކީ ދިރުމިނުގައި 400 މީޓަރު ހުރި ދުނިޔޭގެ އެންމެ ބޮޑު ކޮންޓޭނާ ޝިޕްތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. -- އަލް އަރަބިއްޔާ