އިތުރު 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 73 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ނުވަ މީހަކާއި ސަފާރީއަކުން ތިން މީހެއްގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކުން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 74،848 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،865 ގައި މިހާރު ހުރިއިރު 71،758 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މި ބަލި ޖެހިފައިވާ 22 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހަކު ވަނީ މަރުވެފަ އެވެ.
މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.
ރީތިވުމަށް ކޮފީ ބޭނުން ކުރެވިދާނެ ދެތިން ގޮތެއް!
"މާޑާ"އަށްފަހު މަލިކާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!
