އެމްޑީޕީ ވަޒީރަކު މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށްގެން ފިޔަވަޅު އަޅަން އެމްޑީޕީ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަކުން ނުކެރޭނެ ކަމަށާއި ނަންވަނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުންކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓުން ޑިފެންސް މިނިސްޓަރު މާރިޔާގެ އިހުމާލުތަކެއް ފާހަގަ ކޮށްފައިވާއިރު އެކަމާމެދުގައި އެމްޑީޕީ މަޖިލިސް މެމްބަރުން ފިޔަވަޅު އަޅާ ވާހަކަ ނުދައްކާތީ އެކަމާ އިޝާރާތް ކުރައްވާ ކުރީގެ މިނިސްޓަރު މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީގެ ވަޒީރުންގެ ނާގަބީލުކަން އަބަދުވެސް ފެނިގެންދާ ކަމަށެވެ. އެހެން ނަމަވެސް ނަންވާނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން ކަމަށާއި އެވަޒީރުން ކޮށާ ކާޅަށް ދޭއިރުވެސް ރައީސް ސޯލިހު ހުންނަވާނީ ބަލަވަން ކަމަށް މަލީހު ވިދާޅުވި އެވެ.
"އެމްޑީޕީ ވަޒީރުންގެ ނާގާބިލްކަމުގެ ނަތީޖާ އޭރުވެސް މިހާރުވެސް އެބަފެނޭ. ނަންވަނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން. ސުޕަރ މެޖޯރިޓީ ޕާޓީއަށް ވަޒީރަށް ފިޔަވަޅު އަޅަންނުކެރި މި ބުނަނީ ފިނޑި ސުޕަރ މެޖޯރިޓީއެކޭ. ރަނގަޅު ވަޒީރުން ކަތިލާ ކާޅަށް ކާންދޭއިރު ރައީސް ބެއްލެވުމުގަ" މަލީހް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގައި ކުރިއަށްގެންދިޔަ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓްގައި ޑިފެންސް މިނިސްޓަރު މާރިޔާ މެދުގައި ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި ނަޝީދަށް ހަމަލާދޭން އުޅޭ ވާހަކަ މަޖިލިސް މެމްބަރު އިލްޔާސް ވިދާޅުވުމުންވެސް މިނިސްޓަރު މާރިޔާ އަޅައެއް ނުލައްވާ ކަމަށް އެރިޕޯޓުން ވަނީ ހާމަވެގެން ގޮސްފަ އެވެ.
ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ހަވާލުވެފައިވާ އެމްއެންޑީއެފާއި، އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ހިއްސާއެއް ނުކުރައްވަ އެވެ.
ތިޔަކަންކުރާނީ ޕީ.ޕީ.އެމް އިން އިންޝާﷲ