އދ. ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ދުނިޔޭގައި ބަނޑުހައި ހޫނުކަން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިއްޖެ އެވެ.

ފުޑް ޕްރޮގްރާމަށް މި އިނާމު ލިބިފައި ވަނީ ތިމާވެށި ހިމާޔަށް ކުރުމަށް އަޑުއުފުލަމުންދާ ގްރޭޓާ ތަންބާގް އާއި ރަޝިއާގެ ޑިސިޑެންޓެއް ކަމަށްވާ އެލެކްސެއި ނަވާލްނީ އާއި ވާދަކޮށްގެންނެވެ.

ނޮބެލް އިނާމުގެ ޖަޖުންގެ ކޮމިޓީއިން ވަނީ އދ. ގެ ބައެއް ކަމަށްވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ވެސް މިއަހަރު ކަޓުވާލާފަ އެވެ. ޑަބްލިއުއެޗްއޯ އިން މި ޕެންޑެމިކް މެނޭޖްކުރާ ގޮތާމެދު ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި އިނާމަށް ވާދަކުރި އަނެއް ފަރާތަކީ އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމްޕެވެ.

މި އިނާމަށް ޖުމްލަ 318 ފަރާތަކުން ވާދަކުރި އިރު އޭގެ ތެރޭގައި ހިމެނެނީ 211 މީހުންނާއި 107 ޖަމިއްޔާ އެވެ. އޭގެ ތެރޭގައި އިނާމަށް ނޯމިނޭޓްވާ މީހުން ކަނޑައަޅަނީ ހޮވާލެވިފައިވާ ގާނޫނު ހަދާ މަޖިލީހުގެ ބޭފުޅުންނާ، ގައުމުތަކުގެ ވެރިންނާ ބައިނަލްއަގްވާމީ އެކި މުއައްސަސާތަކުގެ ވެރިންގެ ގްރޫޕަކުންނެވެ.

މި މެޑަލް "ފުޑް ޕްރޮގްރާމް" އާ ހަވާލުކުރާނީ އޮސްލޯގައި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.