ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް ބައްޔަށް ޓެސްޓު ކުރުމަށް ޕީސީއާރު މެޝިނެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، ކޮވިޑް ޓެސްޓު ހެދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އަލަށް ބެހެއްޓު ޕީސީއާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުން ވެލިޑޭޝަން ހަދައި ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
މި މެޝިން ބޭނުންކޮށްގެން 80 މީހުންގެ ޓެސްޓު ހެދޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މީގެ ކުރިން އެ ހޮސްޕިޓަލުގައި ޖީން އެކްސްޕާޓް މެޝިނެއް ހުއްޓަސް އެމެޝިން ޓެސްޓް ކުރަނީ އަވަސް ނަތީޖާ ބޭނުންވާ ހާލަތުގައި އެވެ.
އޭރުވެސް ފުވައްމުލަކު ސިޓީއިން ނަގާ ރެންޑަމް ސާމްޕަލްތައް ޓެސްޓް ކޮށްފައި ވަނީ އައްޑޫ އަށް ފޮނުވައިގެންނެވެ.
ކޮވިޑް ފެތުރި އެރަށުން މިހާރު ވެސް ކޮންމެ ދުވަހަކު މީހުން ޕޮޒިޓިވްވަމުންދެ އެވެ.
ތިމެޝިނަކީ ވަގުތީ ޙައްލެކެވެ. ފުވައްމުލައް ފަދަ ބޮޑު އާބާދީއަކަށް ތިވަރުގެ މެޝިނަކުން ފުދޭނެ ކަމަކަށް ނުދެކެން.