ސޮނާކްޝީ ސިންހާ އާއި ރިތޭޝް ދޭޝްމުކް އެކުގައި ފުރަތަމަ ފަހަރަށް ފެންނަ ހޮރޯ ކޮމެޑީ "ކަކޫދާ"ގެ ޝޫޓިންތައް އަންގާރަ ދުވަހު ފަށައިފި އެވެ. މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާ ފިކްޝަނަލް ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިން އިންޑިއާގެ ގުޖުރާތުގައި ފަށާފައިވާ އިރު، މި ފިލްމް އެއްކޮށް ނިމި ރިލީޒް ކުރެވޭވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.
ސޮނާކްޝީ ސިންހާ އަދި ރިތޭޝްދޭޝްމުކް ވެސް ވަނީ މިއަދު މިތިބި ހާލަތަށް ބަލައި މިފަދަ ކޮމެޑީ ފިލްމެއް ގެނައުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދެކޭ ކަމަށް ބުނެފައިވެ އެވެ. އަދި މިދެ ތަރިން ވެސް މި ފިލްމަށްޓަކައި ތިބީ ކެތްމަދުވެފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ މަރާތީ ޑައިރެކްޓަރު އަދިތްޔާ ސަރްޕޮޓްދާރް އެވެ. އަދިތްޔާ ވަނީ މީގެ ކުރިން ވެސް ވަނީ ރިތޭޝްގެ ކަންނާދާ ފިލްމު "މައުލީ" ޑައިރެކްޓްކޮށްފަ އެވެ.
މި ފިލްމުގައި ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމް ވެސް ފެނިގެންދާނެ އެވެ. ސާގިބް ފެނިގެންދާނީ ގޯސްޓް ހަންޓަރެއް ގޮތުގައި ސޮނާކްޝީގެ ލޯބިވެރިޔާގެ ރޯލުންނެވެ.
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
މިފަހަރުގެ އީދަށް އެއްވެސް ރަށެއްގައި ބޮކިފަތި ދިއްލުމެއް ނެތް!
އީދަށް މޫސުން ގޯސް، ދަތުރު ފަތުރު ކުރުމުގައި ސަމާލުވޭ!