ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް 5" ގެ ޓްރެއިލާ އަންނަ މަހުގެ ދޭއްގައި ދައްކައިލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މި ސީޒަނަކީ މި ސީރީޒްގެ އެންމެ ފަހު ސީޒަނެވެ. މިހެންކަމުން މި ސީޒަން ގެނެސްދޭނީ ދެ ބަޔަކަށް ކަމަށް މެއި މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން "މަނީ ހައިސްޓް 5" ގެ ވޮލިއުމް އެކެއް ސްޓްރީމްކުރާނީ ސެޕްޓެމްބަރު މަހުގެ 3 ގަ އެވެ. ވޮލިއުމް 2 އަންނާނީ ޑިސެމްބަރު 3 ގަ އެވެ.

މަނީ ހައިސްޓް" އަކީ 2017 ގައި ގެނެސްދޭން ފެށި ސީރީޒްއެކެވެ. ކުރިން އެންޓެނާ 3 ނެޓްވޯކުން ގެނެސްދިން ސީރީޒް ނެޓްފްލިކްސް އަށް ގެނައީ 2019 ގަ އެވެ. އެއީ ތިން ވަނަ ސީޒަނާ އެކީގަ އެވެ. ހަތަރު ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.

ފަސް ވަނަ ސީޒަނަށް ފޭނުން އިންތުޒާރުކުރަމުން އަންނަ އިރު "މަނީ ހައިސްޓް 5" ނިންމާލާނީ ޝައުގުވެރި އެތައް ކަމަކާއެކު ކަމަށް ވަނީ ބުނެފަ އެވެ.