މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 299 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 181 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގައުމީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 106 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލުން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެ ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ، 785 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ބީއެމްއެލްގެ ފައިދާއަކީ، 409 މިލިއަން ރުފިޔާ އެވެ.
މާލީބަޔާނުގެ އުސްއަލިތަކަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި، އިންޓަރެސްޓްގެ ގޮތުގައި 506 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ފީ އާއި ކޮމިޝަނުގެ ގޮތުގައި 244 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފީ އާއި ކޮމިޝަނުގެ ގޮތުގައި ލިބިފައިވަނީ 95 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި އެ ބޭންކަށް ލިބުނު ފައިދާގެ އަދަދު އިތުރުވެފައި ވަނީ، ހުރިހާ ދިމާލަކުން ވިޔަފާރިތައް ކުރިއެރުމާއި، ދޫކުރެވުނު އުފެއްދުންތެރި ލޯނުތައް އިތުރުވުމުންނެވެ.
މީގެ އިތުރުން މިދިޔަ އަހަރާއި އަޅާބަލާއިރު، އެ ބޭންކުން ދޫކޮށްފައިވާ ކާޑުގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެފައިވާކަން ވެސް އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					
ފައިދާ ވާނެ ނޫން ސޭވިން އެކައުންޓުން އަހަރަކަ އެކައުންޓްގެ ވެރި މީހާޔަށްދޭ ފައިދާ %2.5 ކުޑަކޮށް، މިހާރު %1.8 ދިނީމަ އެއޮތީ ކޮންމެ އެކައުންޓަކުން %0.7 ފައިދާވެފަތާ، އަދި ކޮބާ އަދި ފިކްސްޑް ޑިޕޮޒިޓުން ކުޑަ ކުރިވަރު!!!!