ސޮނީ ޓީވީގެ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ހަތަރު ވަނަ ޗެޕްޓަރުގެ ޖަޖެއްގެ ރޯލަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަވީނާ ޓަންޑަނަށް ހުށަހެޅުމުން ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

"ސުޕަ ޑާންސާ"ގެ ހަތަރު ވަނަ ޗެޕްޓަރުގެ ޖަޖެއްގެ ގޮތުގައި ރަވީނާއަށް ހުށަހެޅީ މިވަގުތު އެޝޯގެ ޖަޖެއްގެ ގޮތުގައި ފެންނަ ބޮލީވުޑް މަޝްހޫރު ތަރި ޝިލްޕާ ސެޓީ ޝޯއިން އެކެހެރިވެފައިވާތީ އެވެ.

ޝިލްޕާ "ސުޕަ ޑާންސާ" އިން އެކެހެރިވީ އޭނާގެ ފިރިމީހާ ބަރަހަނާ ފިލްމު އުފައްދާ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.

ސިލްޕާގެ ބަދަލުގައި މި ޝޯ ޖަޖުކުރުމަށް ވަނީ ރާވީނާ ޓަންޑަންއަށް ހުށަހަޅާފަ އެވެ. ޝޯ އުފެއްދުންތެރިން މިގޮތަށް ނިންމީ ޝިލްޕާ އެބުރި އައްނާނެ ދުވަހެއް ނޭނގޭތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރިޝްމާ ކަޕޫރު އަދި ޖެނީލިއާ ރިތޭޝް ދޭޝްމުކް ވަނީ މި ޝޯގެ ގެސްޓް ޖަޖުން ގޮތުގައި ގެނެސްފަ އެވެ.

މި ޝޯއަކީ ޝިލްޕާގެ އެއްގެ ޝޯއެއް ކަމަށާއި އެގޮތުގައި އޮތުމަށް ބޭނުންކަމަށް ބުނެ ރަވީނާ ވަނީ ޖަޖަކަށްވުމަށް އިންކާރުކޮށްފަ އެވެ. އެހެން ނަމަވެސް "ސުޕަ ޑާންސާ" ޗެޕްޓަރު ތިނެއްގައި މެހުމާނެއްގެ ގޮތުގައި ރަވީނާ ވަނީ ބައިވެރިވެފަ އެވެ.

https://www.youtube.com/watch?v=Yr9RyM_vVXs

މަޝްހޫރު ލަވައެއް ކަމަށްވާ ޝިލްޕާގެ "މެ އާއީހު ޔޫ.ޕީ. ބިހާރު ލޫޓްނޭ" ލަވަޔަކީ ރަވީނާގެ ފިލްމު ޝޫލްގެ ލަވައެކެވެ. މި ދެ ތަރިންއެކުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޕަރްދޭސީ ބާބޫ" އަދި "ޖަންގު" ހިމެނެ އެވެ.

ރަވީނާ ވެސް ވަނީ މަގުބޫލް ޓީވީ ޝޯތަކެއްގައި ޖަޖެއްގެ ގޮތުގައި ފެނިފަ އެވެ. މީގެ ތެރޭގައި "ޗޯޓޭ މިޔާ" "ސަބްސެ ބަޑާ ކަލާކާރް" އަދި "ނަޗް ބަލިޔެ 9"ހިމެނެ އެވެ. މިވަގުތު ރަވީނާ ހުރީ ގައުމުން ބޭރުގަ އެވެ.