މާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މަގުތަކުގައި ހުރި ނުދުއްވާތާ ގިނަދުވަސްވީ އުޅަނދުތަކާއި ހަލާކުވެގެން ނުނަގައި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި ގޮތުން ހަތަރު ފޮރޮޅުޅީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައި ވަނީ މައްޗަންގޮޅި ފާށަނާކިލެގެފާނުމަގުންނެވެ. އަދި ދެ ފުރޮލުލީ އުޅަނދުތައް ނަގަން ފަށާފައި ވަނީ، މައްޗަންގޮޅި ނިކަގަސްމަގުންނެވެ.
މާލެ ސިޓީ ކައުންސިލުން ބެލި ބެލިއިރު ގަލޮޅުން 20 އުޅަނދު، މައްޗަންގޮޅިން 43 އުޅަނދު، ހެންވޭރުން 34 އުޅަނދު އަދި މާފަންނުން 62 އުޅަނދު ނައްތާލަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މި މަސައްކަތުގެ ދަށުން ނަގާނެ ކަމަށެވެ
މާލެސިޓީ ކައުންސިލުން ބުނީ، އުޅަނދު ފަހަރުގެ ވެރިފަރާތުން ނުނަގާ ހުންނަ އެއްގަމު އުޅަނދުފަހަރު "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު "ގެ ދަށުން ނަގައި ނައްތާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތަށް ނެގުމުގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އެ އުޅަނދަކުން މަދުވާ ބާވަތްތަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ، ފުލުހުންނާ ގުޅިގެން އަމަލީ ގޮތުން ފުލުހުންގެ ބައިވެރިވުމާއެކު އެވެ.
 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					
ފެނޭތަ . ފެނޭ ދޯ . ޜާސް ޓަސް. މެކުހަށް. ޗިޕާ މެނަކަށް ނުވި ކަންތަށް މިހިރަގެން ކުރަމުން ދަނީ.
ދޭތެރެއަކުން އަރުވާ އަޑެއް. ވަނީ ޖަމަލު ފޮޑިއަށް. މިފަހަރު ކޮޅެއްގަ ޖައްސާތި.