މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އުރީދޫގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީއަކީ، 423.3 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު، 5.3 ޕަސެންޓްގެ ދަށްވުމެކެވެ.
ދެވަނަ ކުއާޓަރުގައި އުރީދޫއަށް މޯބައިލް ފޯނުގެ ހިދުމަތުން ލިބުނު އާމްދަނީ 320 މިލިއަން ރުފިޔާއަށް އަރާއިރު، ފިކްސްޑް ބްރޯޑްބޭންޑުގެ ބައިންވަނީ، 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ އުސްއަލިތަކަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ، 115.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި 143 މިލިއަން ރުފިޔާގަ އެވެ.
އުރީދޫން ބުނީ، މިއަހަރުގެ ދެވަނަ ކުއާޓަރުގެ ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް ބަލިމަޑުކަންކަމަށެވެ.
 ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
			ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					