މި މަހުގެ 19ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އިނގިރޭސިވިލާތުގައި އެއްކޮށް މަންޒަރުތައް ނެގި "ބެލް ބޮޓަމް" ޓްރައިލާ އާންމުކޮށްފައިވާއިރު، މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މިފިލްމު ސިނަމާތަކަށް ގެނައުމަށް ނިންމާފައިވަނީ ތްރީޑީކޮށެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ މި ފިލްމަކީ އެކްޝަން/ ތްރިލާ ފިލްމެކެވެ.

https://www.youtube.com/watch?v=A6eZ49O67YQ

އަކްޝޭގެ މި ފިލްމުގައި އޭނާގެ އިތުރުން ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި، ހުމާ ގްރޭޝީ ފެނިގެން ދާނެ އެވެ.

މި ފިލްމަކީ ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ހަދާފައިވާ ފިލްމެކެވެ.

"ބެލް ބޮޓަމް" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމެވެ.

https://www.instagram.com/p/CSEZl0FtsW1/?utm_source=ig_embed&ig_rid=60427839-e5d3-477e-ba07-8157ebd1f8c5

އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަތުރަންގީ ރޭ" އާއި "ޕްރިތުވިރާޖް" އަދި "ބައްޗަން ޕާންޑޭ"ގެ އިތުރުން "ބަންދަން" ހިމެނެ އެވެ.