ގއ. ދާންދޫގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގއ. ދާންދޫގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އެރަށު ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ދެ ދިވެހި އަންހެނުންނާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ތިން ބިދޭސީ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް އަންނަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.
ގެއްލިފައިވާ އެކްޓަރު ރާޖް ކިރަން ހޯދަން 5000 ޑޮލަރުގެ އިނާމެއް!
އީރާނާއެކު ރަނގަޅު މަޝްވަރާތަކެއް އެބަ ކުރެވޭ: ޓްރަމްޕް
ހުޅުމާލެއިން ބިންތައް ވިއްކާގޮތް ކިޔައިދޭން އެޗްޑީސީން ދެކޮޅު
