ސުޝާންތު ސިންގް ރާޖްޕުޓްގެ ދައްތަ ޝުވެތާ ސިންގް ކިރްތީ ވަނީ މީގެ 24 ގަޑިއިރު ކުރިން، ކުއްލިއަކަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމަކުން ގެއްލިފައެވެ. އާންމުންގެ ސަމާލުކަމަށް މިކަން އައުމާއެކު، މިކަން ހިނގަން މެދުވެރިވީ ސަބަބާއި ބެހޭގޮތުން ތަފާތު ހިޔާލުތައް މީސް މީޑިޔާގައި ވަނީ ދައުރުކޮށްފަ އެވެ.

ގާތްގަނޑަކަށް އެއް ދުވަހުގެ މެދުކެނޑުމަކަށްފަހު، ސޯޝަލް މީޑިޔާގެ ދުނިޔަށް އަނބުރާ އައިސް ޝުވެތާއަށް ކުރިމަތިވި މައްސަލަ ވަނީ އެންމެންނާ ހިއްސާކޮށްފަ އެވެ. އޭނާ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އޭނާގެ އެކައުންޓްތަކަށް ވަނުމަށް ގޮތް ނޭންގޭ ފަރާތަކުން ގިނަ މަަސައްކަތްތަކެއް ކުރުމުން، އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަގުތީ ގޮތުން ޑީއެކްޓިވޭޓް ކުރަން ޖެހުނީ ކަމަށެވެ.

ކެލިފޯނިއާގައި ދިރިއުޅޭ ސުޝާންތްގެ ދައްތައަކީ 14 ޖޫން ގައި ސުޝާންތު ދިރިއުޅޭ ގޭގައި އޭނާ މަރުވެފައި އޮއްވާ ފެނުން ވަގުތުން ފެށިގެން އޭނާއަށް އިންސާފު ހޯދާ ދިނުމަށް އެދި ސޯޝަލް މީޑިޔާގައި އަޑުއުފުލާ، އެ އަޒުމުގައި އޭނާއާއި އެކު ތިބި އެންމެހާ ފޭނުން އެކުގާ ތިބުމަށް އަބަދުވެސް ހިތްވަރުދޭ ފަރާތެކެވެ. އެގޮތުން ސުޝާންތުގެ ވަކިވެދިއުމުން އޭނާ ވަނީ ކޮއްކޮގެ ހަދާނުގައި ވީޑިޔޯ ޕޯސްޓެއް ކޮށްފަ އެވެ. މިވީޑިޔޯގައި ފެނިގެންދަނީ 2013ގައި ނުކުތް، ސުޝާންތްގެ "ކައި ޕޯ ޗޭ" ފިލްމަށް ފިޓުކަން ދެމެހެއްޓުމަށް ދުވުމާއި ބައިސްކަލު ދުއްވުން ފަދަ ތަމްރީނުތައް ހަދާ ތަނެވެ.