ބިގްބޮސް އަކީ ފެށުނީއްސުރެ ވެސް އާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. ކޮންމެ ސީޒަން އެއް ގައިވެސް އެ ސީޒަން އެއްގެ ބައިވެރިންނާއި ގުޅޭގޮތުން ތަފާތު ގިނަ އެތައް ކަމެއް އިނގިގެން ދެ އެވެ.
ބިގްބޮސް އޯޓީޓީ އަކީ މުޅިން އަލަށް ތައާރަފްވި އެއްޗަކަށް ވީ ނަމަވެސް މިހާރުވެސް އަންނަނީ ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ދަމުންނެވެ. ގޭ ތެރޭގައި ކުދި ކުދި ކަންކަމާއި އެކަކު އަނެކަކާއި ޒުވާބު ކުރާ މަންޒަރަކީ އާ މަންޒަރެއް ނޫނެވެ. އެގޮތުން މި ފަހަރު މި ބަލާލަނީ މިފަހަރު ގެ ބިގްބޮސް އޯޓީޓީ ގެ އެންމެ ގިނަ ލާރި ލިބެނީ ކޮން ބައިވެރިއަކަށް ތޯ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިގްބޮސް އޯޓީޓީގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭ ބައިވެރިއަކަށް ވާނީ ޝަމީތާ ޝެޓީ އެވެ. ނަމަވެސް މިހާރު މިވަނީ އެއީ ތެދެއް ނޫންކަށް އެނގިގެން ގޮސްފަ އެވެ.
މި ސީޒަންގެ އެންމެ ގިނަ ފައިސާ ލިބޭ ބައިވެރިއަކީ ރިދިމާ ޕަންޑިތް އެވެ. އެގޮތުން އޭނާއަށް ހަފްތާއެއްގެ މައްޗަށް ފަސް ލައްކަ އިންޑިޔަން ރުޕީސް ލިބޭ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.
ރިދިމާ އަށްފަހު ދެން އެންމެ ގިނަ ލާރި ލިބޭ ބައިވެރިއާ ކަމުގައި ވެފައިވަނީ ޝަމީތާ ޝެޓީ އެވެ.
އޭނާ އަށް ހަފްތާއެއްގެ މައްޗަށް 3.75 ލައްކަ އިންޑިއަން ރުޕީސް ލިބެ އެވެ.
ޒީޝާން ޚާން އަށް 2.5 ލައްކަ އިންޑިއަން ރުޕީސް ލިބޭއިރު ނެހާ ބަހާސިން އަދި ދިވްޔާ އަގަރްވާލް އަށް ހަފްތާއެއްގެ މައްޗަށް ލިބެނީ 200،000 އިންޑިއަން ރުޕީސް އެވެ.
މި ފަހަރުގެ އޯޓީޓީ ސީޒަންގެ އެންމެ މަދުން ލާރި ލިބޭ ބައިވެރިއާގެ ގޮތުގައި ފާހަގަކުރެވެނީ ޕްރަތީކް ސެހަޖްޕާލް އެވެ. އޭނާއަށް ލިބެނީ ހަފްތާއެއްގެ މައްޗަށް 100،000 އިންޑިއަން ރުޕީސް އެވެ.