ލޯބީގެ ތަފާތު ވާހަކަތަކެއްގެ މައްޗަށް އަހުމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ ފިލްމު "ހެހެސް"ގެ ޓްރެއިލާ ނެރެފި އެވެ.
ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ "ހެހެސް"ގެ ޓްރައިލާއިން ފެނިގެންދަނީ ހަތަރު އަންހެން ކުދިން، ލޯބި ސިފަކުރާ ތަފާތު ގޮތްތަކެކެވެ.
"އިން ފަހަނައެޅި އިޝްގް" މި ޓެގްލައިން ބޭނުންކޮށްފައިވާ ފިލްމް "ހެހެސް" އަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައި ސަސްޕެންސް ތްރިލާއެކެވެ. މި ފިލްމުގެ ޓްރައިލާއިން ވެސް އެކަން ވަނީ ފާހަގަވެފަ އެވެ.
ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު ލިޔެފައިވާ ސްކްރީން ޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ "ހެހެސް" ދެއްކުމަށް ހަމަޖެހިފައި ވަނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތައް ކަމަށްވާ މަލްޓި ސްކްރީނާއި އެމްއެސްޓީވީގެ ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށެވެ.
ފިލްމުގައި އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ.
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން

"ހެހެސް" ފަސްޓްްލުކް ދައްކާލައިފި