ޗައިނާ އިން އުފެއްދި ސިނޯފާމް ވެކްސިންގެ އިތުރު ޑޯޒެއް ރާއްޖޭގައި ދޭން ނިންމައިފިއެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ސިނޮފާމް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ނިންމީ އެ ވެކްސިންގެ ބާރު ދަށްކަމުން ކަމަށެވެ.

އެގޮތުން ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ހަތަރު ލައްކަ ޑޯޒު ބޭނުންކުރާނީ މިހާރު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންނަށް ދިނުމަށް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ދީފައި ވަނީ އަވަށްޓެރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝިލްޓް ވެކްސިނާއި ސިންގަޕޫރުން އުފެއްދި އެސްޓްރާޒެނެކާ ވެކްސިންގެ އިތުރުން އެމެރިކާއިން އުފެއްދި ފައިޒާ ވެކްސިނެވެ.

މިހާތަނަށް ރާއްޖެއިން 364،847 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 298،418 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.