ކޮވިޑްގެ ބަލިމަޑުކަމާއެކު އެތައް ފަހަރަކު ރިލީޒްކުރުން ލަސްވެފައިވާ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ މަހު ލަންޑަންގައި ރިލީޒް ކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ލަންޑަންގެ ރޯޔަލް އަލްބާޓް ހޯލްގައި ފިލްމު ރިލީޒ ކުރުމަށް ހަމަޖެހިފައިވާއިރު، އިނގިރޭސިވިލާތުގެ ސިނަމާތަކުގައި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ. އަދި އޮސްޓްރޭލިއާ ގައި ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހު މި ފިލްމު ރިލީޒުކުރުމަށް ނިންމާފައިވާއިރު، އެމެރިކާގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އެވެ.

"ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ އިތުރުން ޑެނިއަލް ބްރިޓީޝް ސިއްރު އެޖެންޓް ޖޭމްސް ބޮންޑުގެ ރޯލުން ފެނިގެންދާނެ އެންމެ ފަހު ފިލްމު ވެސްމެ އެވެ.

https://www.youtube.com/watch?v=BIhNsAtPbPI

މި ފިލްމުގައި ފެނިގެންދާނީ ސިއްރު އެޖެންޓެއްގެ ވަޒީފާއިން ޖޭމްސް ބޮންޑް ވަކިވާ ފަހުން ގެއްލިފައިވާ ސައިންޓިސްޓެއް ހޯދުމަށް ކުރާ މަސައްކަތެވެ.

200 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފލްމަކީ ގިނަބަޔަކު އެ ފިލްމުގެ އިންތިޒާރުގައި ތިބި ފިލްމެކެވެ. ޖޭމްސް ބޮންޑްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2006 ވަނަ އަހަރު އެވެ.