އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއްގައި ށ. ޅައިމަގުން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ޅައިމަގުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 26 އަހަރުގެ ދެ ފިރިހެނަކާއި 31 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
ޅައިމަގުގައި ރަހީނުކޮށްފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. އޭނާ ރަހީނުކޮށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށްވެ އެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް ވަނީ އެރަށް ގޮސްފަ އެވެ.
މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައެއްކަމުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ދިރިއުޅުމަށް ގެންނަ ތިން ބަދަލަކުން ޑިމެންޝިއާގެ ނުރައްކާ ކުޑަވޭ!
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި
ޕީއެންސީ އަޑީގަ އޮވެ ބިން އަތުލުމާ އެއްކޮޅަށް ސޮއި ހޯދަނީ
