ދުނިޔޭގެ އެންމެ ބޮޑު އަދި ދިގު އޮބްޒަވޭޝަން ވީލް ދުބާއީގައި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް އެތަން ހިންގާ ކުންފުނި ކަމަށްވާ ދުބާއީ ހޯލްޑިންގްސް އިން ބުނެފި އެވެ.
އައިން ދުބާއީގެ ނަމުން ނަން ދީފައިވާ މި އޮބްޒަވޭޝަން ވީލް އަންނަ އޮކްޓޯބަރު 21 ގައި ހުޅުވަން ތާވަލް ކޮށްފައިވާ އިރު އެތަނަށް ޒިޔާރަތްކުރަން ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފަ އެވެ.
ދުބާއީގައި ހުޅުވާ އައިން ދުބާއީގެ އުސްމިނުގައި 250 މީޓަރު ހުންނަ އިރު މި އޮބްޒަވޭޝަން ވީލްގައި ބައިވެރިވާ ފަތުރުވެރިންނަށް ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެ އެވެ.
އައިން ދުބާއީގެ ކޮންމެ ކެޕްސޫލްއަކީ ފަތުރުވެރިންނަށް ޙާއްސަ ތަޖުރިބާއެއް ކުރެވޭ ގޮތަށް އެންމެ ފަހުގެ ޚިދުމަތްތަކާއެކު ޑިޒައިން ކޮށްފައިވާ ކެޕްސޫލްތަކެކެވެ.
ވީލްގެ އެންމެ މަތީގައި ހުންނަ އިރު ދުބާއީގެ މަލަމަތި ވަރަށް ރީތިކޮށް ފެންނަ އިރު މިއީ ފަތުރުވެރިންނަށް ދުބާއީގެ ރީތިކަން ބަލާލަން ލިބުނު ރަނގަޅު ފުރުސަތެކެވެ.
އައިން ދުބާއީ އާއެކު ދުބާއީގައި ހުރި ދުނިޔޭގެ ފެންވަރުގެ ގިނަ އިމާރާތްތަކަށް އިތުރު ބޮޅެއް އިތުރުވީ އެވެ. ބުރުޖް ޚަލީފާ އާއި ޕާމް އައިލެންޑް ފަދަ ތަންތަނާއެކު މީގެ ކުރިން ވެސް ދުބާއީ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަތުރުވެރިންގެ މަންޒިލެކެވެ.