އާންމުކޮށް އަހަރެމެން ގަޔާވާ އެއްޗެހި އަދި ދިރިއުޅޭތަންތަން ބަހައްޓަން ބޭނުން ވަނީ ގަޔާވާ ކުލައެއްގަ އެވެ. އެހެން ނަމަވެސް ރަށެއް ނުވަތަ ސަރަހައްދެއް އެއް ކުލައެއްގައި ތަރައްގީ ކޮށްފައިވާކަން އެނގޭ ހެއްޔެވެ؟

ސައުތު ކޮރެއާގެ އުތުރުގައި އޮންނަ ސަރަހައްދެއް ކަމަށްވާ ބަންވޮލް އައިލަންޑް ނުވަތަ "ދަ ޕާޕަލް އައިލެންޑު"ގެ ގާތްގަނޑަކަށް ހުރިހާ ތަނެއް ވެސް ހުންނަނީ ދަނބު ކުލައިގަ އެވެ. މި ސަރަހައްދުގެ 400 އަށްވުރެ ގިނަ ގޭގެ ފުރާޅު، ފޯނު ބޫތުތައް އަދި ބްރިޖް ވެސް ފަރުމާކޮށްފައި ވަނީ ދަނބު ކުލައިގެ ޝޭޑުތަކުންނެވެ. އަދި މީގެ އިތުރުން ދަނޑުގެ ގޮތުގައި ލެވެންޑާ ދަނޑުތައް ވެސް ހައްދާފައިވެ އެވެ.

ސައުތު ކޮރެއާގެ ބަންވޮލް އައިލަންޑް ނުވަތަ

ކޮވިޑް -19 އާ ގުޅިގެން ހުރިހާ ގައުމެއްގެ ވެސް ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ އެވެ. ނަމަވެސް ބަންވޮލްގެ ފަތުރުވެރިކަން ވަނީ 20 އިންސައްތައިން ކުރިއަރާފަ އެވެ. އެގޮތުން ޖޫން 2020 އިން ފެށިގެން އޮގަސްޓް 2020ގެ ނިޔަލަށް ބަންވޮލްއަށް ވަނީ 100،000 އަށްވުރެ ގިނަ މީހުން ޒިޔާރާތްކޮށްފަ އެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން 490،000 މީހުން ވަނީ މި ކުޑަ ބަންވޮލްއަށް ޒިޔާރާތްކޮށްފަ އެވެ.

ސައުތު ކޮރެއާގެ ބަންވޮލް އައިލަންޑް ނުވަތަ

މިސަރަހައްދުގެ މަލަމަތި ފެންނަ ވީޑިއޯއެއް ވަނީ ފޭސްބުކްގައި އާންމުވެފަ އެވެ. މި ސަރަހައްދު އެއްކޮށް ދަނބުކުލަ ޖައްސާފައި ވަނީ ފަތުރުވެރިންގެ ޝައުގެވެރިކަން ހޯދުމަށެވެ.

ބަންވޮލްއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ވެސް ދަނބު ކުލައިން ހެދުން އަޅައިގެން ފޮޓޯނެގުމަށް އިސްކަންދެ އެވެ. އަދި ގިނަ މީހުން މި ފަދަ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

https://www.youtube.com/watch?v=M50nReo96DI

ސައުތު ކޮރެއާގެ ވެރިރަށް ސޯލްއިން ބަންވޮލްއަށް ދިޔުމަށް އެއްގަމުމަގުން ހަ ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެ އެވެ. މި ރަށް ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަށް މިގޮތަށް ބަދަލުކޮށްލުމުގެ ޕްރޮޖެކްޓް ފެށީ 2015 ވަނަ އަހަރު އެވެ.