ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން މީގެކުރިން ގާނޫނީ ވަކީލަކަށް ހެދިގެން އުޅުއްވި ޒުންނަވާރު ސަލީމް ގާނޫނީ ވަކީލު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ވަކީލު ކަމުގެ ހުވާ ޒުންނަވާރު ކުރެއްވީ ބާ ކައުންސިލްގެ އިމްތިހާނުން ފާސްވި 277 މީހުން ވަކީލު ކަމުގެ ހުވާ ކުރުމަށް މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މީނާޒް ލޯފާމްގެ ނަމުގައި ލޯފާމެއް ވެސް ހިންގަމުން އަންނަ ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ހުށަހަޅައިގެން އުޅޭކަން ފަޅާއެރީ 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުންނެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެކްރެޑިޓް ކުރުމަށް ޒުންނަވާރު ހުށަހެޅި ބެޗްލާ އޮފް ލޯ ސެޓްފިކެޓަކީ ސައްހަ ސެޓްފިކެޓެއް ނޫން ކަމަށް އެސެޓްފިކެޓް އިޝޫކޮށްފައިވާކަމަށް ބުނާ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއާއި، ޒުންނަވާރު ކިޔެވި ކަމަށް ބުނާ މެލޭޝިއާގެ ސްޓެމްފާޑު ކޮލެޖުން ތަހްގީގަށް މައުލޫމާތު ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ޒުންނަވާރުގެ މައްޗަށް އުފުލި ދޮގު ހެކި ދިނުމުގެ ދައުވާ ސާބިތުވެ 1000 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މިއަދު ހުވާ ކުރެއްވި ފަރާތްތަކުގެ ތެރޭގައި ދުސްތޫރީ މައްސަލަތަކެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވާ މޫސާ އަންވަރު ވެސް ހިމެނެ އެވެ.
"މާޑާ"އަށްފަހު މަލިކާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟
އިސްލާމްދީން ދެކެ އެންމެ ލޯބިވާ ޕާޓީ އަކީ އެމްޑީޕީ: އާޒިމް
އެއް އައިޑީ ކާޑު ބޭނުންކޮށްގެން ނެގޭނީ 2 މަސްދަޅު ކޭސް