ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ) ފުރަތަމަ އިނގިރޭސި ކަވާ ލަވަ ނެރެފި އެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޯންސް އެންޑް އައި ކިޔާފައިވާ "ޑާންސް މަންކީ" ލަވާގެ ކަވާ އެލީ ނެރެފައި ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގަ އެވެ.

ލަވަކިޔުމުގެ ހުނަރު ކުރިއެރުވުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ އެލީ ހިންދީ ބަހުންނާއި، ދިވެހިން ބަހުން ވެސް މީގެ ކުރިން ލަވަތައް ކިޔާފައިވާއިރު މި ލަވައަކީ އެލީ އިނގިރޭސިބަހުން ކިޔާފައިވާ ފުރަތަމަ ލަވަ އެވެ.

އިއްޔެ ނެރުނު "ޑާންސް މަންކީ" އަށް މިހާތަނަށް އައިރު 14 ކޭ އަށްވުރެ ގިނަ ވިއުސް މިހާރު ވެސް ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=9Wy8Kmf4ZRQ

އެލީ މިދިޔަ މާޗު މަހު ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއާ ޖާވިދު އަލީއާ އެކު ހިންދީ ލަވައަކުން ފެނިފަ އެވެ. "ޖީނޭކީ ވަޖާ" ގައި އެލީގެ އެކްޓިން ފެނިގެންދިޔައިރު ގިނަ ބައެއްގެ ތައުރީފް އެ ލަވައަށް ވެސް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން މިނިސްޓަރު މަހުލޫފު އާއެކު އެލީ ކިޔާފައިވާ ގައުމީ ލަވައަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=92dKWC5suWo