ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ށ. އަދި ރ. އަތޮޅަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރ. އަތޮޅުގެ ހަތަރު ރަށަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމަށެވެ.

ށ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން ށ. ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫ އަށް ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި ބައްދަލުކުރައްވާނެ އެވެ.

ރައީސް ވަނީ ވަރަށް ފަހުން ތ، އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ.