ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރުގެ "ކާއްޓާ ލަގާ"އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މީގެ ތިން ދުވަސް ކުރިން ޔޫޓިއުބަށް ދޫކޮށްލި މިލަވަ ކިޔާފައިވަނީ ނެހާ ކައްކަރު އާއި އޭނާގެ ބޭބޭ ޓޯނީ ކައްކަރު އަދި އިންޑިއާގެ މަޝްހޫރު ރެޕާ ޔޯ ޔޯ ހަނީ ސިންގް އެވެ. އަދި މިލަވައިގައި އެކްޓުކޮށްފައި ވަނީ ވެސް މި ތިން ލަވަކިޔުންތެރިންނެވެ.

Adv by Dhiraagu
Dhiraagu
Adv by Dhiraagu
Dhiraagu

ދުނިޔޭގެ ލަވާގެ ޗާޓުތަކުގެ އެއްވަނާގައި މިލަވަ މިހާރު ހިމެނިގެންދާއިރު މިލަވަ ނެރުނުތާ އެންމެ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ބަލި ލަވައަށް ވަނީ މިހާރު ވެގެން ގޮސްފަ އެވެ.

ތިން ދުވަސްތެރޭ މިލަވައަށް 30 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެއް މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ. މިހިރް ގުލަޓީ ޑައިރެކްޓް ކޮށްފައިވާ މިލަވަ ކޮމްޕޯސް ކޮށްފައިވަނީ ޓޯނީ އެވެ. ލިރިކްސް ވެސް ތައްޔާރުކޮށްފައި ވަނީ ޓޯނީ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގައި ވަނީ "ކާއްޓާ ލަގާ"ގެ ނަމުގައި ލަވައެއް ނެރެފަ އެވެ.

އެ ފަހަރުގެ ލަވާގައި ފެނިގެން ގޮސްފައި ވަނީ ބިގް ބޮސް 13 އިން ފެނުނު ސިފާލީ ޖަރީވާލާ އެވެ. ކުރީގެ ލަވައަށް ވުރެ ނެހާގެ "ކާއްޓާ ލަގާ" މާ ބޮޑަށް ވެސް ތަފާތެވެ.

ނެހާ މިއުޒިކް އިންޑަސްޓްރީއަށް ތައާރަފްވީ ރެއަލިޓީ ޝޯ އިންޑިއަން އައިޑޮލް 2 އިންނެވެ.

ނެހާ ވަނީ އިންޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފަ އެވެ.