މުޅި ރާއްޖެއިން ޓެސްޓްކުރި 5،317 ސާމްޕަލް އިން 128 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 45 މީހުންނާއި، އެކި ރަށްރަށުން 69 މީހުންނާއި ރިސޯޓުތަކުން 14 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 82,950 އަށް އަރާފަ އެވެ.

މިއަދު ޓެސްޓްކޮށްފައި ވަނީ 5,317 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1,936 މީހުންނެވެ. މިހާތަނަށް 80,774 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 227 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.