ބޮލީވުޑްގެ އުންމީދީ ޒުވާން އެކްޓަރު އަދި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރު ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމު "ޕިއްޕާ"ގެ ފަސްޓްލުކު ދައްކާލައިފި އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ "ޕިއްޕާ"ގެ ސޫޓިން ފެށިފައިވާއިރު، އެ ފިލްމުގެ ފަސްޓްލުކު ވަނީ އިޝާންގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ.

މިދިޔަ އަހަރު އިއުލާންކުރި "ޕިއްޕާ"ގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ.

https://www.instagram.com/p/CT1KiCKIF_a/

"ޕިއްޕާ"އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައިކުރި ހަނގުރާމައިގައި އަސްކަރިއްޔާގެ 45 ވަނަ ކަވަލްރީ ޓޭންކް ސްކޮޑްރަންގައި މަސައްކަތްކުރި ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭނާގެ ރޯލް ފިލްމުގައި ކުޅޭނީ އިޝާނެވެ.

މި ފިލްގެ ބަތަލާ އަކީ އިޝާންގެ ބޭބެގެ ކުރިއަށް އޮތް ފިލްމު "ޖާޒީ"ގެ ބަތަލާ މުރްނާލް ތާކޫރެވެ.

ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާނަކީ އިރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީ 2018 ގައި ގެނެސްދިން ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އިން އެކްޓިންއަށް ނުކުތް ތަރިއެކެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2018 ގެ "ދަޅަކް" އެވެ.